ބޭނުންވާ ތަކެތި
1 ޕާން
ނަޓެއްލާ
3 ވަށް ދޮންކެޔޮ (ޗަސްކޮށްފައި)
ފާރޮށި ކުނޑި
2 ބިސް (ގިރާފައި)
ތައްޔާރުކުރާނެ ގޮތް
ކޮންޓެއިނަރެއްގައި ޗަސްކުރި ދޮންކެޔޮ އަދި ނަޓެއްލާ އެއްކޮށްލާށެވެ. ޕާން ފޮއްޗެއް ނެގުމަށްފަހު ކުކީ ކަޓާއެއް ބޭނުންކޮށްގެން ވަށްކޮށް ޕާން ފޮތި ކަފާލާށެވެ. ދެން މީގެ ތެރޭގައި ތައްޔާރުކުރި މިކްސް އިން އެތިކޮޅެއް ފަތުރާލުމަށްފަހު ފެންފޮދެއް ބޭނުންކޮށްގެ މި ވަށް ފޮތި ޕެޓީ ގޮތައް ފަށްޖަހައި ބައްދާލާށެވެ.
އެއަށްފަހު މި ޕެޓީސްތައް ބިހަށް އަދި ފާރޮށި ކުޑިއަށް ލުމަށްފަހު މަޑު ގިނީގައި ތެލުލާށެވެ.









ކޮމެންޓް