ބޭނުންވާ ތަކެތި
500ގ ކުކުޅު (ކުދިކޮށް ކޮށާފައި)
1 ފިޔާ (ކުދިކޮށް ކޮށާފައި)
1 ހަލަޕީންޔޯ (ކުދިކޮށް ކޮށާފައި)
1 ބެލް ޕެޕާ (ކުދިކޮށް ކޮށާފައި)
މޮޒަރެއްލާ ޗީޒް (ގާނާފައި)
ޕިއްޒާ ސޯސް
ރަހަލާވަރަށް ލޮނު
1 ސައިސަމުސާ ތެޅި މިރުސް
1 ސައިސަމުސާ އަސޭމިރުސް
½ ސައިސަމުސާ ގަރަމް މަސާލާ
½ ސައިސަމުސާ ޗިލީ ފްލޭކްސް
2 މޭޒުމަތީ ސަމުސާ ޔޯގަޓް
1 މޭޒުމަތީ ސަމުސާ ވިނެގާ
ސްޕްރިންގް ރޯލް ޕޭސްޓްރީ ޝީޓް
2 މޭޒުމަތީ ސަމުސާ ފުށް
4 މޭޒުމަތީ ސަމުސާ ފެން
ތެޔޮ
ތައްޔާރުކުރާނެ ގޮތް
ކޮންޓެއިނަރަކަށް ކުކުޅު، ވިނެގާ، ޔޯގަޓް، ލޮނު، އަސޭމިރުސް، ތެޅި މިރުސް، ޗިލީ ފްލޭކްސް އަދި ގަރަމް މަސާލާ އަޅައި އެއްކުރުމަށްފަހު ކުކުޅުކޮޅު މެރިނޭޓް ކުރުމަށް 30 މިނެޓް ވަންދެން އެއްފަރާތެއްގައި ބަހައްޓާލާށެވެ.
ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ކުކުޅުކޮޅު އަޅައި ކުކުޅުކޮޅު ރޯފިލުވާލާށެވެ. ކުކުޅުކޮޅު ހިހޫވުމުން އެހެން ކޮންޓެއިނަރަކަށް ކުކުޅު، ޕިއްޒާ ސޯސް، ބެލް ޕެޕާ، ހަލަޕީންޔޯ އަދި ޗީޒް އެޅުމަށްފަހު އެއްކޮށްލާށެވެ.
އެހެން ކޮންޓެއިނަރެއްގައި ފުށް އަދި ފެން އެއްކޮށް ތެރަހެއް ތައްޔާރުކޮށްލާށެވެ. ޕޭސްޓްރީ ޝީޓެއް ނެގުމަށްފަހު ހަތަރެސްކަން ވާގޮތަށް ކަފާލާށެވެ. ދެން ކުރިން ތައްޔާރު ކުރި ފިލިން ކޮޅެއް އެޅުމަށްފަހު މި ހަތަރެސްކަން ޝީޓް ބިސްކީމިޔާ ބައްދާހެން ތެރަސް ލައިގެން ބައްދާލާށެވެ.
ތަވައަކަށް ތެޔޮ އެޅުމަށްފަހު މި ޕެޓީސްތަކަށް ރަންމުށިކުލަ އަރަންދެން ތެލުލާށެވެ.










ކޮމެންޓް