ހަފްތާ ބަދިގެ: ކުކީސް އެންޑް ކްރީމް ޑެޒާޓް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ބޭނުންވާ ތަކެތި

  • 3 ޕެކެޓް އޯރިއޯ ބިސްކޯދު (ފުނޑުކޮށްފައި)

  • 1 ތަށި ކްރީމް ޗީޒް

  • 3 މޭޒުމަތީ ސަމުސާ ބަޓަރު

  • 1/3 ޖޯޑު ހަކުރު

  • 2 ސައިސަމުސާ ވެނީލާ އެސެންސް

  • 1 ޖޯޑު ވިޕިން ކްރީމް

ތައްޔާރުކުރާނެ ގޮތް

ކޮންޓެއިނަރަކަށް އޯރިއޯ ބިސްކޯދު އަދި ބަޓަރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޓްރޭއެއްގެ ފުލުގައި މި ބިސްކޯދުކޮޅު ފަތުރާލާށެވެ.

އެހެން ކޮންޓެއިނަރެއްގައި ކްރީމް ޗީޒް އަދި ހަކުރު ރަނގަޅަށް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ވެނީލާ އެސެންސް އަދި ވިޕިން ކްރީމް އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު ދެން މީގެ ތެރެއަށް ބާކީ ހުރި ބިސްކޯދުކޮޅު އަޅައި އެއްކޮށްލާށެވެ.

ކުރިން ތައްޔާރުކުރި ޓްރޭގައި ބިސްކޯދުތަކުގެ މަތީގައި ކްރީމް ޗީޒްކޮޅު އަޅައި ފަތުރާލާށެވެ. އެއަށްފަހު ފިނިކުރަން ފްރިޖްގައި ބަހައްޓާލާށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.