ބޭނުންވާ ތަކެތި
1 ޗޮކްލޭޓް ސުވިސް ރޯލް ކޭކް
– ޗޮކްލޭޓް ކަސްޓަރޑް ހެދުމަށް:
50ގ ކަސްޓަރޑް ޕައުޑަރު
50ގ ހަކުރު
20ގ ކޮކޯ ޕައުޑަރު
850 އެމް އެލް ދިޔާކިރު
– ޓޮޕިންގް ތައްޔާރުކުރުމަށް:
300 އެމް އެލް ހެވީ ކްރީމް
1 މޭޒުމަތީ ސައިސަމުސާ އައިސިންގ ޝުގާ
1 ސައިސަމުސާ ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް
ސުވިސް ރޯލް ކޭކު، ފޮތިތަކަށް ބައިކުރުމަށްފަހު ޓްރޭގެ ފުލުގައި މި ކޭކް ސްލައިސްތައް އަތުރާލާށެވެ.
ކަސްޓަޑް ތައްޔާރުކުރުމަށް ތަވައަކަށް ދިޔާކިރު، ކަސްޓަޑް ޕައުޑަރު، ހަކުރު އަދި ކޮކޯ ޕައުޑަރު އަޅައި އެއްކުރުމަށްފަހު އޮލަވަންދެން ކައްކާލާށެވެ.
މި މިކްސް ހިހޫވުމުން ކުރިން ތައްޔާރުކުރި ކޭކުތަކުގެ މަތީގައި މި މިކްސް ފަތުރާލާށެވެ. އަދި ފިނިކުރުމަށް ފްރިޖުގައި ބަހައްޓާލާށެވެ.
ޓޮޕިން ތައްޔާރުކުރުމަށް ކޮންޓެއިނަރެއްގައި ހެވީ ކްރީމް، އައިސިން ޝުގާ އަދި ވެނީލާ އެސެންސް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ކަސްޓަޑް ޓްރޭ ނެގުމަށްފަހު އޭގެ މަތީގައި މި ޓޮޕިން ފަތުރާލާށެވެ.









ކޮމެންޓް