ހަފްތާ ބަދިގެ: ލަންޗަން މީޓް ޓޯސްޓް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ބޭނުންވާ ތަކެތި

  • 1 ދަޅު ލަންޗަން މީޓް (ކުދިކޮށް ކޮށާފައި)

  • 1 ފިޔާ (ކުދިކޮށް ކޮށާފައި)

  • 1 މިރުސް (ކުދިކޮށް ކޮށާފައި)

  • ހިކަނދިފަތް ކޮޅެއް

  • 1 ސައިސަމުސާ ޖިންޖާ ގާލިކް ޕޭސްޓް

  • މަޔޮނައިސް

  • ސަބްމެރިން ސޯސް

  • ސްލައިސް ޗީޒް

  • ޕާން

ތައްޔާރުކުރާނެ ގޮތް

ތަވައަކަށް ފިޔާ، މިރުސް އަދި ހިކަނދިފަތް އެޅުމަށްފަހު ފިޔާކޮޅު ރަތްކޮށްލާށެވެ. ފިޔާކޮޅު ރަތްވުމުން މީގެ ތެރެއަށް ލަންޗަން މީޓް އެޅުމަށްފަހު ލަންޗަން މީޓްކޮޅު ރަތްކޮށްލާށެވެ. ދެން މީގެ ތެރެއަށް ޖިންޖާގާލިކް ޕޭސްޓް އަޅައި ކައްކާލާށެވެ. ހިހޫވުމުން ހިކަނދިފަތް ކޮޅު ހޮވާލާށެވެ.

އެއަށްފަހު މީގެ ތެރެއަށް މަޔޮނައިސް އަދި ސަބްމެރިން ސޯސް އަޅައި އެއްކޮށްލާށެވެ.

ޕާން ފޮތީގައި މި މަސްގަނޑު ޖެހުމަށްފަހު ސްލައިސް ޗީޒްކޮޅެއް މީގެ މަތީގައި ބާއްވާލާށެވެ. އެއަށްފަހު އެހެން ޕާން ފޮއްޗެއް މީގެ މަތީގައި ބާއްވައި މި ޕާން ޓޯސްޓް ކޮށްލާށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.