ހަފްތާ ބަދިގެ: ޗޮކްލެޓީ ކްރީމް ޑެޒާޓް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ބޭނުންވާ ތަކެތި

  • 1 ޕެކެޓް ވިޕިން ކްރީމް

  • 1 ދަޅު ނެސްލޭ ކްރީމް

  • ½ ދަޅު ގެރިކިރު

  • އެޕޯލޯ ލޭޔާ ކޭކް (ޗޮކްލޭޓް)

  • ޗޮކްލޭޓް (ދިޔާކޮށްފައި)

  • ½ ޖޯޑު ކްރީމް ޗީޒް

ތައްޔާރުކުރާނެ ގޮތް

ޓްރޭއެއްގެ ފުލުގައި އެޕޯލޯ ކޭކްތައް އަތުރާލުމަށްފަހު ސަމްސަލެއް ބޭނުންކޮށްގެން މި ކޭކްތައް ޓްރޭގެ ފުލުގައި ލޭޔާއެއްވާ ގޮތައް ފުނޑުކޮށްލާށެވެ.

އެހެން ކޮންޓެއިނަރެއްގައި ކްރީމް ޗީޒް، ނެސްލޭ ކްރީމް ގެރިކިރު އަދި ވިޕިން ކްރީމް ރަނގަޅަށް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ދިޔާކޮށްފައި ހުރި ޗޮކްލެޓްކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

މި ކްރީމްކޮޅު ކުރިން ތައްޔާރު ކުރި ކޭކް ލޭޔާގެ މަތީގައި ފަތުރާލާށެވެ. ފިނިކޮށްލައިގެން ކާލަން ވަރަށް މީރުވާނެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.