ހަފްތާ ބަދިގެ: ވެނީލާ ޓްރެސް ލެޗެސް ކޭކް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ބޭނުންވާ ތަކެތި

  • 1 ވެނީލާ ކޭކް ފުށް ޕެކެޓް

  • 4 ބިސް

  • ½ ޖޯޑު އަންސޯލްޓަޑް ބަޓަރު

  • 1 ޖޯޑު ދިޔާ ކިރު

  • 1 ދަޅު ގެރިކިރު

  • 2 ޖޯޑު ހެވީ ކްރީމް

  • 1 ދަޅު އެވަޕަރޭޓެޑް

  • 1 ޖޯޑު ވިޕިންގ ކްރީމް

ތައްޔާރުކުރާނެ ގޮތް

ކޮންޓެއިނަރަކަށް ކޭކް ފުށް ޕެކެޓް، ކިރު، ބިސް އަދި ބަޓަރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭއެއްގައި ބަޓަރު ހާކައި މި މިކްސް ޓްރޭއަށް އެޅުމަށްފަހު ހޫނުކުރެވިފައިވާ އަވަން އެއްގައި މި ކޭކް ފިހެލާށެވެ.

އެހެން ކޮންޓެއިނަރެއްގައި ގެރިކިރު، އެވަޕަރޭޓެޑް މިލްކް އަދި ހެވީ ކްރީމް އެއްކުރުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ކޭކް ފިހެވުމުން އުލެއް ބޭނުންކޮށްގެން ކޭކްގައި ލޯވަޅު އެޅުމަށްފަހު ތައްޔާރުކުރި ކިރު މިކްސް މީގެ މަތީގައި ފަތުރާލާށެވެ.

އެހެން ކޮންޓެއިނަރެއްގައި ވިޕިން ކްރީމް ރަނގަޅަށް އެއްކޮށްލުމަށްފަހު ކޭކުގެ މަތީގައި ފަތުރާލާށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.