ހަފްތާ ބަދިގެ: ޗީޒީ ޗިކަން ގާލިކް ބްރެޑް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ކުކުޅު ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި

  • 200ގ ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)

  • 1 ފިޔާ (ކުދިކޮށް ކޮށާފައި)

  • 2 ސައިސަމުސާ ޖިންޖާ ގާލިކް ޕޭސްޓް

  • 1 ސައިސަމުސާ ޗިލީ ޕައުޑަރު

  • 2 މޭޒުމަތީ ސަމުސާ މަޔޮނައިސް

  • 2 މޭޒުމަތީ ސަމުސާ ޗިލީ ސޯސް

  • 1 ސައިސަމުސާ ޗިލީ ޕޭސްޓް

  • ރަހަލާވަރަށް ލޮނު

  • މޮޒަރެއްލާ ޗީޒް (ގާނާފައި)

  • ޕާން

ގާލިކް ސްޕްރެޑް ތައްޔާރުކުރުމަށް

  • ½ ޖޯޑު ބަޓަރު

  • 1 ½ ބޮނޑި ލޮނުމެދު

  • ރަހަލާވަރަށް ލޮނު

  • އޮލިވް އޮއިލް

ތައްޔާރުކުރާނެ ގޮތް

ލޮނުމެދު ބޮނޑިތައް މެދުން ބުރި ކުރުމަށްފަހު ފޮއިލް އަޅާފައިވާ ޓްރޭގެ މަތީގައި ބަހައްޓައި މީގެ މައްޗަށް ލޮނު އަދި އޮލިވް އޮއިލް އެޅުމަށްފަހު ފޮއިލް ގަނޑު ބަންދުކޮށް ހޫނުކުރެވިފައިވާ އަވަނެއްގައި މި ލޮނުމެދުތައް ފިހެލާށެވެ. އެއަށްފަހު މި ލޮނުމެދުތައް ޗަސްކޮށްފައި ބަޓަރާ އެއްކޮށްލާށެވެ.

ކުކުޅުކޮޅު ތައްޔާރުކުރުމަށް ކޮންޓެއިނަރަކަށް ކުކުޅު، ފިޔާ، ޖިންޖާ ގާލިކް ޕޭސްޓް، ޗިލީ ޕައުޑަރު، މަޔޮނައިސް، ޗިލީ ސޯސް، ޗިލީ ޕޭސްޓް އަދި ލޮނު އެއްކުރުމަށްފަހު މެރިނޭޓް ކުރުމަށް އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ކުކުޅުކޮޅު މެރިނޭޓްވުމުން ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ކުކުޅުކޮޅު ރަނގަޅަށް ރޯފިލުވާލާށެވެ.

ޕާން ފޮތިގެ މަތީގައި ކުރިން ތައްޔާރުކުރި ގާލިކް ސްޕްރެޑް ފަތުރާލުމަށްފަހު މީގެ މަތީގައި ތައްޔާރުކުރި ކުކުޅުކޮޅު ފަތުރާލާށެވެ. އެއަށްފަހު މީގެ މައްޗަށް ގާނާފައި ހުރި ޗީޒްކޯލު ފަތުރާލުމަށްފަހު އަވަންގައި ފިހެލާށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.