ހަފްތާ ބަދިގެ: ޗިޕްސް މޯ ކޭކް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ބޭނުންވާ ތަކެތި

  • 2 ޕެކެޓް ޗިޕްސްމޯ ބިސްކޯދު (ފުނޑުކޮށްފައި)

  • 1 ½ ޖޯޑު ކިރު

  • 2 މޭޒުމަތީ ސަމުސާ ބޭކިންގ ޕައުޑަރު

ކްރީމްކޮޅު ތައްޔާރުކުރުމަށް:

  • 3 މޭޒުމަތީ ސަމުސާ ބަޓަރު

  • 2 ½ މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު

  • ½ ޖޯޑު ގެރިކިރު

  • ½ ޖޯޑު ވިޕިންގ ކްރީމް

ތައްޔާރުކުރާނެ ގޮތް

ކޮންޓެއިނަރަކަށް ފުނޑުކޮށްފައިވާ ބިސްކޯދު, ކިރު އަދި ބޭކިން ޕައުޑަރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭއެއްގައި ބަޓަރު ހާކައި މި މިކްސް ޓްރޭއަށް އެޅުމަށްފަހު 150 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރެވިފައިވާ އަވަންއެއްގައި 25 – 30 މިނެޓް ވަންދެން ފިހެލާށެވެ.

ކްރީމްކޮޅު ތައްޔާރުކުރުމަށް ތަވައަކަށް ބަޓަރު, ކޮކޯ ޕައުޑަރު, ގެރިކިރު އަދި ވިޕިންގް ކްރީމް އަޅައި ރަނގަޅަށް ކައްކާލާށެވެ.

ކޭކް ފިހެވުމުން ހިހޫ ކުރުމަށްފަހު މި ކްރީމް ކޭކުގެ މަތީގައި ފަތުރާލާށެވެ. އެއަށްފަހު ކޭކު ފްރިޖުގައި 15 މިނެޓް ބަހައްޓާލާށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.