ކަރަންޓު މައްސަލަ ހައްލުކުރަން ސްޓެލްކޯގެ ތަޖުރިބާކާރުންގެ ޓީމެއް ކުޅުދުއްފުއްޓަށް

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ ތަޖުރިބާކާރުންގެ ޓީމެއް އެ ރަށަށް ގޮސްފިއެވެ.

ކުޅުދުއްފުށީގައި ކަރަންޓް ކެނޑޭ މައްސަލަ ދިމާވެފައިވާތާ މިހާރު ވަނީ މަހެއްހާ ދުވަސްވެފައެވެ. މިއަދު ހެނދުނު 9:15 އިން ފެށިގެން ވެސް މުޅި އެ ސިޓީން ވަނީ ކަރަންޓު ކެނޑިފައެވެ.

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކް ޕޯސްޓުގައި ބުނީ، ފެނަކައިގެ އެދުމުގެ މަތިން ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އެކުންފުނީގެ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް އެ ސިޓީއަށް ދަތުރު ކުރަމުންދާ ކަމަށެވެ.

”އެ ސިޓީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ސްޓެލްކޯގެ ޓީމާއި ފެނަކައިގެ މުވައްޒަފުން ގުޅިގެން އެ މައްސަލަ ހައްލުކޮށް، ވީއެންމެ އަވަހަކަށް އެ ސިޓީގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ،“ ފަހުމީ ވިދާޅުވިއެވެ.

ފެނަކައިން ބުނީ ކުޅުދުއްފިއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދެވޭނެ ކަމަށް ލަފާކުރެވެނީ މިއަދު 18:00 ގައި ކަމަށެވެ. ނަމަވެސް އެ ގަޑިއަށް ކަރަންޓު ދެވިފައިނުވެއެވެ.

ކަރަންޓުގެ މައްސަލަ ހައްލު ނުވެ ގިނަ ދުވަސްވެފައިވާތީ މިދިޔަ ހަފުތާގައި ކުޅުދުއްފުށީގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު