އެއާޕޯޓްތައް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ރަށްރަށުގެ ބިންހިއްކުމުގެ މަޝްރޫއުތަކަށް އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ކުންފުނީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ސަރުކާރުން ހަވާލުކޮށްގެން އެމްއޭސީއެލް އިން, އެޑްވާންސް ފައިސާ ހިމަނައިގެން, 1.05 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި މި ޕްރޮޖެކްޓްތަކަކީ ކެޕިޓަލް ވޯކް-އިން-ޕްރޮގްރެސް ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.
ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ބިންހިއްކުމުގެ މަޝްރޫއުތަކަށް އެމްއޭސީއެލް އިން ހަރަދުކުރި އެއް ބިލިއަން ރުފިޔާގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ރަސްމާލެ ހިއްކުމަށެވެ. އެ މަޝްރޫއުއަށް އެކަނިވެސް 435 މިލިއަން ހަރަދުކޮށްފައިވެ އެވެ. އެއީ ބިން ހިއްކުމަށް ހަރަދުކުރި ޖުމުލަ އަދަދުގެ 41 ޕަސެންޓެވެ.
އޭގެ އިތުރުން ހއ. ދިއްދޫ ބިން ހިއްކުމަށް 262 މިލިއަން އަދި ވިލުފުށި ބިން ހިއްކުމަށް 239 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.










ކޮމެންޓް