މޯލްޑިވިއަނުން، ހަނިމާދޫއާއި ޓްރިވަންޑްރަމާ ދެމެދު ދަތުރުތައް އަލުން ފަށައިފި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

މޯލްޑިވިއަނުން، ހދ. ހަނިމާދޫއާއި އިންޑިއާގެ ޓްރިވަންޑްރަމާ ދެމެދު ދަތުރުތައް އަލުން ފަށައިފިއެވެ.

މޯލްޑިވިއަނުން ބުނީ އެ ދަތުރުތައް ފަށައިފައިވަނީ އިއްޔެ ކަމަށެވެ. ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު ހަފުތާއަކު ދެ ފުލައިޓް ބާއްވާނެ ކަމަށާއި އެއީ ހުކުރު އަދި ހޯމަ ދުވަހުކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ހަނިމާދޫ އާއި ޓްރިވެންޑްރަމްއާ ދެމެދު އަލުން ފްލައިޓްތަށް ފެށުމުން އިންޑިއާއަށް ކުރާ ދަތުރުތައް އިތުރަށް ފަސޭހަވެގެންދާނެކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މީގެ ކުރިންވެސް މޯލްޑިވިއަނުން ވަނީ ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު ފުލައިޓު ދަތުރުތައް ބާއްވައިފައެވެ. އެ ދަތުރުތައް މެދުކަނޑާލީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރާތީ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު