ނ. މަަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ ދަށުން ހަދާ ޖެޓީ ހެދުމުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.
ޖުމުލަ 36.94 މިލިއަން ރުފިޔާގެ މި މަޝްރޫއު ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ އޭޕްރިލް 2021 ގައެވެ. މަޝްރޫއުއަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރީ 7 އޭޕްރިލް 2023ގަ އެވެ.
އެ މަޝްރޫއުއާ ގުޅޭ ފަހުގެ މައުލޫމާތު ދެމުން އެމްޓީސީސީން ބުނީ، މިހާރު ކުރިއަށްދަނީ، ޖެޓީ ކޮލަމް ހަރުކުރުމަށްޓަކައި ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ މަސައްކަތް:
13,216 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ބަނދަރު ފުންކުރުން
17,450 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުން
183 މީޓަރުގެ ބޭރުތޮއްޓެއް ލުން
188 މީޓަރުގެ ރިވެޓްމެންޓް ޖެހުން
4.5 މީޓަރު ދިގު 244 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުން
244 މީޓަރުގެ ޖެޓީއެއް ހެދުން
105 މީޓަރު ދިގު 5 މީޓަރު ފުޅާ ސައުތް ސައިޑް ކޮންކްރީޓް ޖެޓީއެއް ހެދުން
10 މީޓަރު ދިގު 10 މީޓަރު ފުޅާ ރޭމްޕެއް ހެދުން
ނެރު ބައްތި ހަރުކުރުން










ކޮމެންޓް