ދަރިވަރުންތަކަކާ ބެހިގެން އެއް ރަށަކުން ދެ މައްސަލަ, ބިދޭސީ 2 ޓީޗަރަކު ހައްޔަރުކޮށްފި

މ
25 އޮކްޓޫބަރު 2026 12:541 މިނިޓުގެ ކިޔުން
Aa

ސައުތް ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި, ދަރިވަރުންތަކަކާ ބެހުނު ދެ މައްސަލައެއްގައި ބިދޭސީ ދެ ޓީޗަރަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ, އެ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލައަކީ 12 އަހަރާއި 13 އަހަރުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ކަމަށެވެ.

މި މަހުގެ 17 ވަނަ ދުވަހު ހުށަހެޅި އެ މައްސަލައިގައި މި މަހުގެ 23 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 52 އަހަރުގެ ބިދޭސީ ޓީޗަރަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ, އެ ރަށުން ހުށަހެޅި ދެވަނަ މައްސަލައަކީ 16 އަހަރުގެ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ކަމަށެވެ.

މި މަހުގެ 11 ވަނަ ދުވަހު ހުށަހެޅި އެ މައްސަލައިގައި މި މަހުގެ 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 52 އަހަރުގެ ބިދޭސީ ޓީޗަރަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު