ފޮޓޯ: ފަޔާޒު މޫސާ

ދެ ދަރިވަރަކަށް ޖިންސީ ގޯނާކުރި ބިދޭސީ ޓީޗަރަކު ހައްޔަރުކޮށްފި

މ
25 އޮކްޓޫބަރު 2026 12:231 މިނިޓުގެ ކިޔުން
Aa

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާ ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ސައުތް ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ޓީޗަރަކު, ދެ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ, އުމުރުން 12 އަހަރު އަދި 13 އަހަރުގެ އެ އަންހެން ދަރިވަރަށް ޖިންސީ ގޯނާކުރި މައްސަލައެއް ރިޕޯޓްކުރީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު އުމުރުން 52 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށް, ކޯޓަށް ހާޒިރުކުރުމުން ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު