ބަޖެޓް 2027: މާލޭގެ ޓްރެފިކް މައްސަލައާއި ތޮއްޖެހުން ހައްލުކުރަން އޭއައި ބޭނުންކުރަނީ

މ
29 އޮކްޓޫބަރު 2026 18:181 މިނިޓުގެ ކިޔުން
Aa

މާލޭގެ މަގުތައް ތޮއްޖެހުމާއި ޓްރެފިކް މައްސަލަ ހައްލުކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން, ޓްރެފިކް ބެލެހެއްޓުން ޑިޖިޓަލައިޒްކޮސް, މިހާރަށްވުރެ ކާމިޔާބު ނިޒާމަކަށް ހެދުމަށްޓަކައި ’ސްމާޓް ޓްރެފިކް އެންފޯސްމަންޓް ސިސްޓަމް‘ ގާއިމުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ, މާލެ ސަރަހައްދުގައި ދިރިއުޅުމުގެ ފަސޭހަ މާހައުލެއް ގާއިމުކުރުމާއި އާންމު ހިދުމަތްތައް ހަރުދަނާކުރުމަކީ މި ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ. ހާއްސަކޮށް ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި, ’ގްރޭޓާ މާލެ ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭން‘ އަންނަ އަހަރު ތަންފީޒުކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ, މި ޕްލޭންގެ މަގުސަދަކީ ތޮއްޖެހުން ކުޑަކޮށް, މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ކަމާއެކު އުޅެވޭނެ ވެއްޓެއް ގާއިމުކުރުން ކަމަށެވެ.

އެއާއެކު ގައުމުގެ އަމަން އަމާންކަން ދެމެހެއްޓުމަކީ, ކޮންމެ ސަރުކާރެއްގެވެސް އެންމެ މުހިންމު އެއް ޒިންމާ ކަމަށާއި އެ ޒިންމާ އަދާކުރުމަށްޓަކައި, ރަށްރަށުގެ އަމަން އަމާންކަން ބެލެހެއްޓުމަށް ރީޖަންތަކުގައި ހަދަމުންދާ ފުލުހުންގެ މަރުކަޒުތަކުން ފެންވަރު ރަނގަޅު ހިދުމަތްތައް ދިނުމަށް ބޭނުންވާ ހިއުމަން ރިސޯސް އިތުރުކުރުމަށް މި ބަޖެޓުގައި ހިމަނާފައިވާނެ ކަމަށްވެސް ޒަރީރު ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު