އޭދަފުށި ދާޢިރާގެ މެންބަރު އަހުމަދު ސަލީމް
2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ވަގުތީ ކޮމިޓީގެ މުޤައްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމް ހޮވައިފިއެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މުޤައްރިރަކަށް ސަލީމް އައްޔަންކުރަން ހުށަހަޅުއްވާފައިވަނީ، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އަދި ސަލީމް ކޮމިޓީގެ މުޤައްރިރަކަށް އައްޔަންކުރުމަށް ކޮމިޓީގެ ހުރިހާ މެމްބަރުން ވޯޓު ދެއްވިއެވެ.މިއީ ސަލީމް މިކޮމެޓީޯގެ މުގައްރިރުކަން ކުރާ ދެވަނަ ފަހަރެވެ.
މީގެއިތުރުން ކޮމިޓީގެ ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވަނީ ހަމަޖައްސަވާފައެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ގުޅޭ ބަހުސްގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓުގެ ފުރުޞަތެއް ދިނުމަށް އާންމު ކޮމިޓީން ނިންމަވާފައިވެއެވެ. އަދި ބަހުސް ކުރިއަށްދާއިރު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް މާލީ ވަޒީރަށް 45 މިނެޓުގެ ފުރުސަތެއް ދިނުމަށް ނިންމަވާފައިވެއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، މުޅި ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިޔަން، ހަތްސަތޭކަ ހަތަރު މިލިޔަން، ހަތަރު ލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ) ގެ ބަޖެޓެކެވެ. މިއީ، މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓާއި އަޅާބަލާއިރު 4.5 ބިލިޔަން ރުފިޔާގެ ދަށް އަދަދެކެވެ. މިއަހަރުގެ ބަޖެޓަކީ، 64.2 ބިލިޔަން ރުފިޔާއެވެ.










ކޮމެންޓް