ރައީސް މުއިއްޒަށް ޕާކިސްތާނުން ރަސްމީ ގޮތުން މަރުހަބާ ދަންނަވައިފި

މ
21 އޮކްޓޫބަރު 2026 13:521 މިނިޓުގެ ކިޔުން
Aa

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި, ޕާކިސްތާނުގެ ސަރުކާރުން އެ މަނިކުފާނަށް ރަސްމީގޮތުން މަރުހަބާ ދަންނަވައިފި އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ބޭއްވި ރަސްމިއްޔާތަށް ރައީސް މުއިއްޒު ވަޑައިގެންނެވުމުން އެ މަނިކުފާނަށް ރަސްމީ ގޮތުން މަރުހަބާ ދެންނެވީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފެވެ.

އެއަށްފަހު, ބޮޑުވަޒީރާއެކު ރަސްމީ ފޮޓޯފުޅެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ދެ ގައުމުގެ ގައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު ރައީސް މުއިއްޒުގެ ޝަރަފުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން އެރުވި ގާޑް އޮފް އޮނާއެއް އެ މަނިކުފާނު އިންސްޕެކްޓް ކޮށްދެއްވި އެވެ.

މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި, ރައީސްއަށް ޕާކިސްތާން ސަރުކާރުގެ އިއްޒަތްތެރިން ތައާރަފުކޮށް އެރުވި އެވެ. އަދި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ ބޭފުޅުން, ޕާކިސްތާނުގެ ބޮޑުވަޒީރަށް ތައާރަފުކޮށް އެރުވި އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފުގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން މުއިއްޒު ޕާކިސްތާނަށް ވަޑައިގެންނެވީ އިއްޔެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު