އަޒޭ، ޖުމާ އަދި ރޯމަން އާއެކު އަޒޭގެ ކޮއްކޮވެސް ހައްޔަރު، އެންމެންގެ ބަންދަށް 15 ދުވަސް

މ
9 އޮކްޓޫބަރު 2026 19:32އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ޝާހިލް, ރޯމަން, ޖުމާ އަދި އަޒޭ

ވިލިމާލޭގައި ފުލުހުން ހިންގި ޑުރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށްވެސް 15 ދުވަސް ޖަހައިފި އެވެ.

ވިލިމާލޭގައި ކުރިއަށް ގެންދިޔަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ހައްޔަރުކުރީ އިސްމާއިލް ޖުމައިހް (ޖުމޭ)، އަހުމަދު އަޒްމީލު (އަޒޭ) އަދި މުހައްމަދު ވިޝާލް (ރޯމަން)ގެ އިތުރުން އަޒޭގެ ކޮއްކޮ، ޝާހިލް މުހައްމަދު އެވެ.

ފުލުހުން ބުނީ، އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން އެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު