ސްކޭމްގެ މައްސަލައެއްގައި 54 އަހަރުގެ އަންހެނަކު ހޯދަނީ

މ
19 އޮކްޓޫބަރު 2026 15:441 މިނިޓުގެ ކިޔުން
Aa

ސްކޭމް މައްސަލައެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވާ މީހާ.

ފުލުހުންގެ އެންޓި -ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އުމުރުން 54 އަހަރުގެ އަންހެނަކު ހާޒިރުވުމަށް އަންގައި, އޭނާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށްފި އެވެ.

އެ މައްސަލައިގައި ފުލުހުން ފޮޓޯއާއި ވަނަވަރު އާންމުކޮށްފައިވަނީ މ. ގޯބިލިގަސްދޮށުގެ/ ސަލީމާ ސަލީމް (54އ) އެވެ.

ފުލުހުން މިއަދު ބުނީ, އޭނާ ހޯދަމުންދަނީ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ, އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

ފުލުހުން، އޭނާއަށް އަންގާފައި ވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު