ރަސްމާލޭގައި ހިންގާ މެރީނާ މަޝްރޫއުއާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް!

މ
14 އޮކްޓޫބަރު 2026 08:101 މިނިޓުގެ ކިޔުން
Aa

ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓެއް ހަދަން ހަވާލުކުރި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު އަދި ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބް

ފުށިދިއްގަރު ފަޅުގައި މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މެރީނާ މަޝްރޫއުއާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންގެ ހުރި ބޮޑެތި ކަންބޮޑުވުންތައް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ ހިއްސާކޮށްފައިވާ ކަމަށް އިލްމުވެރިންގެ ޖަމިއްޔާ, އިލްމުވެރިންގެ ގުޅުމުން ބުނެފި އެވެ.

އިލްމުވެރިންގެ ގުޅުމުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ, ރަސްމާލެ މަޝްރޫއުއާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޝަހީމް ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި, ރަސްމާލެ މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ބޭރު މީހުން ރަށްވެހިވެ, ރާއްޖާގެ އިސްލާމީ ވަހުދަތާއި ސިޔާދަތާއި މިނިވަންކަމާއި އިގުތިސާދީ އަމިއްލަވަންތަކަމާއި ދިވެހި ސަގާފަތަށް ކޮށްފާނެ ނުރައްކާތެރި އަސަރުތަކާމެދު ހުރި ކަންބޮޑުވުންތައް ހިއްސާކޮށް, އެ ހުރިހާ ކަންބޮޑުވުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާކޮށްދެއްވުމަށް މިނިސްޓަރުގެ އަރިހުގައި އެދިފައިވާނެ ކަމަށް ބުންޏެވެ.

އިލްމުވެރިންގެ ގުޅުމުން ބުނީ, އެ ކަންބޮޑުވުންތައް އެ ޖަމިއްޔާއިން ހުށަހަޅާފައިވަނީ އިލްމުވެރިންގެ ގުޅުމުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިހާތަނަށް އެއްކޮށްފައިވާ ގިނަ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު