ވާޖިބު އަދާކުރަނިކޮށް ނިޔާވާ ފުލުހުންގެ އާއިލާތަކަށް ބޭސްފަރުވާ ދޭން ނިންމައިފި

މ
30 ސެޕްޓެމްބަރު 2026 11:34އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ފުލުހުންގެ މައި އިދާރާ

ފުލުހުންގެ ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވާ ފުލުހުންގެ އާއިލާތަކަށް ވެސް, ދިވެހި ފުލުހުންގެ ހިދުމަތުން ބޭސްފަރުވާ ކޮށްދޭ ގޮތަށް ފުލުހުންގެ ވަޒީފާގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

ފުލުހުންގެ ވަޒީފާގެ ގަވާއިދަށް މިއަދު ވަނީ ވާޖިބު އަދާކުރަނިކޮށް ނިޔާވާ ފުލުހުންގެ ޖަނާޒާ ބޭއްވުމާ ގުޅޭ މާއްދާއެއްވެސް އިތުރުކޮށްފަ އެވެ.

އެ މާއްދާގައި ބުނެފައިވަނީ ވާޖިބު އަދާކުރަނިކޮށް ނިޔާވާ ފުލުހުންގެ ޖަނާޒާ ވަކި ރަސްމިއްޔާތެއްގައި ބޭއްވުމަށް ނިންމިދާނެ ކަމަށެވެ. ނަމަވެސް އެގޮތަށް ވަކި ރަސްމިއްޔާތެއް ބޭއްވުމަށް ނިންމަންވާނީ ނިޔާވި ހާލަތާއި ދިމާވި ހާދިސާގައި ކަންހިނގައިފައިވާ ގޮތަށާއި މުވައްޒަފު އަދާކުރި ދައުރަށް ބަލައި އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑަށް ހުށަހަޅައި, އެ ބޯޑުން ނިންމާ ގޮތެއްގެ މަތިން ކަމަށްވެސް ބުނެފައިވެ އެވެ.

އެ އިސްލާހު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިރުކުރުމާއެކު, މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު