ފޮޓޯ: އޭޕީ

ފްރާންސްގައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކުން އިއްޔެ އެކަނިވެސް 400 މީހުން ހައްޔަރުކުރި

މ
30 ސެޕްޓެމްބަރު 2026 08:171 މިނިޓުގެ ކިޔުން
Aa

ފްރާންސްގައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކުގައި ބައިސްކަލުތަކެއްގައި އަލިފާން ޖަހާފައި

ފްރާންސްގެ އެކި ކަންކޮޅުތަކުގައި ހުރި ހައިސްކޫލްތަކުގައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، އިއްޔެ އެކަނިވެސް 400 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ 18 އަހަރު ނުފުރޭ ކުދިން ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ކްލާސްތައް ތޮއްޖެހުމާއި ޓީޗަރުން މަދުވުމުގެ މައްސަލަތަކާ ގުޅިގެން ފްރާންސްގެ ވެރިރަށް ޕެރިހުން ފެށި މި މުޒާހަރާތަކުގައި ފުރާވަރުގެ ކުދިން ވަނީ ސްކޫލްތައް ބަންދުކޮށްފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މަދުވެގެން 400 ސްކޫލަކަށް މިކަމުގެ އަސަރު ވަނީ ކޮށްފަ އެވެ.

އިއްޔެގެ މުޒާހަރާތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ ކުނިއަޅާ ޑަސްބިންތަކުގައި އަލިފާން ރޯކޮށް، ބަސް ހުއްޓިތަކަށް ގެއްލުން ދީފަ އެވެ. އަދި އެކަމުގެ ތެރެއިން މަދުވެގެން 10 ޓީޗަރުންނާއި ބައެއް ދަރިވަރުންގެ އިތުރުން 48 ފުލުހަކަށް އަނިޔާވި ކަމަށް ކަމާބެހޭ އިދާރާތަކާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.

އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ފްރާންސްގެ އެޑިއުކޭޝަން މިނިސްޓަރު އެޑުއާޑް ގެފްރޭ ވިދާޅުވީ، ދަރިވަރުންނަށް އިހުތިޖާޖު ކުރުމުގެ ހައްގު އޮތް ނަމަވެސް، ހިންގަމުންދާ ހަމަނުޖެހުންތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުށްވެރިކުރައްވާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު