އެސްޓީއޯ އިން އިންޑިއާގެ މަޝްހޫރު އަމުލް ބްރޭންޑްގެ ޕްރޮޑަކްޓްތައް ތައާރަފުކޮށްފި

މ
29 ސެޕްޓެމްބަރު 2026 21:031 މިނިޓުގެ ކިޔުން
Aa

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފަރާތުން އިންޑިއާގެ މަޝްހޫރު އަމުލް ބްރޭންޑުގެ އުފެއްދުންތައް ތައާރަފުކޮށްފި އެވެ.

މި އުފެއްދުންތައް ތައާރަފުކުރީ ހުޅުމާލެ ސިންތަޓިކް ޓްރެކުގައި މިހާރު ކުރިއަށްދާ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައެވެ. އެ އެގްޒިބިޝަންގައި އެސްޓީއޯ އިން ބައިވެރިވެ, ސްޓޯލެއް ވަނީ ހުޅުވައިފަ އެވެ.

އެސްޓީއޯ އިން ބުނީ, އަމުލް ބްރޭންޑް ތައާރަފުކުރުމަށްފަހު އޭގެން ތައްޔާރުކުރެވޭ ފޮނިކާތަކެތި އަދި އައިސްކްރީމް ރަހަބަލާލުމުގެ ފުރުސަތު އެސްޓީއޯގެ ސްޓޯލުން ވަނީ ދީފަ އެވެ.

އަދި މިއަދުން ފެށިގެން އަމުލްގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ކިރާޢި ބަޓަރާއި ޗީޒް އަދި އައިސްކްރީމްގެ އެކި އުފެއްދުންތައް އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ލިބެން ހުންނާނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

އެގްޒިބިޝަންގައި ހުޅުވާފައިވާ އެސްޓީއޯގެ ސްޓޯލަށް ޒިޔާރަތްކޮށްގެން ހާއްސަ ޕްރޮމޯޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރީ އެންޑް ވިންގެ ނަމުގައި ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި ކޮންމެ ދުވަހަކުވެސް ނަސީބުވެރި އެއްފަރާތް ހޮވައި ދަނީ އިނާމު ދެމުންނެވެ.

އޭގެ އިތުރުން ފޮލޯ އެންޑް ވިންގެ ނަމުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ޕޭޖު ފޮލޯކޮށްގެންވެސް ޑިޝްވޮޝާއެއް ލިބޭ ޕްރޮމޯޝަނެއްވެސް އެސްޓީއޯގެ ސްޓޯލުން ދަނީ ކުރިއަށް ގެންދަމުންނެވެ.

އިއްޔެ ފެށި ހޮޓަލް އޭޝިއާ އެގްޒިބިޝަންގެ ފަހު ދުވަހަކީ މާދަމާ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު