އަނގޮޅިތީމުގައި ނަމާދަށް ހުރި 72 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރަށް

މ
29 ސެޕްޓެމްބަރު 2026 15:41އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ރ. އަނގޮޅިތީމުގައި 72 އަހަރުގެ ދިވެހި އަންހެނަކު ނަމާދަށް ހުއްޓައި, މަރާލާނެކަމުގެ އިންޒާރުދީ ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޭ 8:30 ހާއިރު ރިޕޯޓްކުރި އެ ހާދިސާގައި އަނިޔާ ލިބުނު މީހާއަށް އެ ރަށު ހެލްތް ސެންޓަރުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

އަދި އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 44 އަހަރުގެ ދިވެހި ފިރިހެނަކު ރޭ 9:57 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ އަންހެން މީހާއަށް ޖިންސީ ގޯނާކުރީ ގޭގައި އިޝާ ނަމާދަށް ހުއްޓަ އެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުލިބެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު