-

އަބްދުއްރަހީމްގެ މާލީ ބަޔާން؛ ދަތުރުކުރުމަށާއި ކާޑަށް ފައިސާ ދައްކަން ހެޔޮއެދޭ މީހުންގެ އަތުން 120،000ރ. ލިބުނު

މ
29 ސެޕްޓެމްބަރު 2026 13:26އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުالله އަށް މިދިޔަ އެއް އަހަރު ތެރޭގައި ހެޔޮއެދޭ މީހުންގެ އަތުނަ 120,000 އަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ މަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއްޖެ އެވެ.

ވިހިވަނަ މަޖިލީހުގެ މެމްބަރުންގެ ދެވަނަ އަހަރުގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިއުކޮށްފަ އެވެ. އެއީ 28 މޭ 2025 އިން 27 މޭ 2026ގެ ބަޔާނެވެ.

އަބްދުއްރަހީމްގެ މާލީ ބަޔާން ދައްކާ ގޮތުން މިދިޔަ އެއް އަހަރު ތެރޭގައި އެ މަނިކުފާނަށް އާމްދަނީގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ. އެއީ މަޖިލީހުގެ މެމްބަރުގެ މުސާރައިގެ ގޮތުގައި ލިބުނު 59,9961 ރުފިޔާ އާއި މުދާއުފުލާ ބޯޓު އަރަފާ އެކްސްޕްރެސް ކުއްޔަށް ދީގެން 12 މަހަށް ލިބުނު 480,000 ރުފިޔާ އެވެ.

ދެން ހިމެނެނީ ހެޔޮއެދޭ މީހުންގެ އަތުން ލިބުނު 120,191 ރުފިޔާ އެވެ. މާލީ ބަޔާނުގައި ބުނެފައިވާ ގޮތުން އެ ފައިސާއަކީ އަބްދުއްރަހީމް ދަތުރުފަތުރުކުރުމަށާއި ކްރެޑިޓް ކާޑުތަކަށް ފައިސާ ދެއްކުމަށް ލިބުނު ފައިސާ އެވެ.

އަބްދުއްރަހީމްގެ މާލީ ބަޔާނުގައި ބުނެފައިވާ ގޮތުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެ މަނިކުފާނުގެ ސޭވިން އެކައުންޓުގައި ހުރީ 99,545 ރުފިޔާ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު