ކާއެއްޗެހި އޯޑަރުކުރުމަށް ތަކުރާރުކޮށް ފޭކް ސްލިޕް ފޮނުވާ މީހަކު ހައްޔަރުކޮށްފި

މ
4 އޮކްޓޫބަރު 2026 13:391 މިނިޓުގެ ކިޔުން
Aa

ިހުޅުމާލޭގައި ހުންނަ ޖަސްޓިސް ބިލްޑިން އިމާރާތް: ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓް ހިންގަނީ މި އިމާރާތުގައ

ކާއެއްޗެހި އޯޑަރުކުރުމަށްފަހު ތަކުރާރުކޮށް ފޭކް ސްލިޕް ފޮނުވަމުންދިޔަ މީހަކު ހައްޔަރުކޮށް, ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

މަކަރާއި ހީލަތުގެ ތުހުމަތުގައި އެ މައްސަލައިގައި ހައްޔަރުކުރީ ގދ. ފަރެސްމާތޮޑާ/ އިރަމާގޭ, މުހައްމަދު ޖަދުއާން, 23އ އެވެ.

އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން ފޭކް ސްލިޕް ފޮނުވައިގެން އޯޑަރުކުރި ކާއެއްޗާ ހަވާލުވެފައިވަނީ ޖަދުއާނެވެ.

އަދި ތަކުރާރުކޮށް އޭނާ އެކަން ކޮށްފައިވާތީ, ކުށުގެ އަމަލުގައި އޭނާ ބައިވެރިވެފައިވާ ގޮތާއި އޭނާގެ ޖިނާއީ ކުށުގެ ތުހުމަތުގެ ރެކޯޑް އޮތުމުން ކުށް ތަކުރާރުކޮށްފާނެތީ އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރާ ކަމަށް އަމުރުގައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު