ޗައިނާގެ 6 އަހަރުގެ އަންހެން ކުއްޖަކު ރޫބިކްސް ކިއުބް ރޭވުމުގެ އާ ދުނިޔޭގެ ރެކޯޑެއް ހަދައިފި

މ
23 ސެޕްޓެމްބަރު 2026 15:52އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ޗައިނާގެ ހަ އަހަރުގެ އަންހެން ކުއްޖަކު، ހަތަރު ސިކުންތަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރުބިކްސް ކިއުބެއް ހައްލުކޮށްގެން އަންހެނުންގެ ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފި އެވެ.

ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ބުނި ގޮތުގައި، ޗެންގްދޫއަށް ނިސްބަތްވާ ލިއަން ޔުއިންޒީ ނަމަކަށް ކިޔާ އެ ކުއްޖާ ވަނީ ވުހާން އަދި ގުއާންގްޒޫގައި ބޭއްވި ވޯލްޑް ކިއުބް އެސޯސިއޭޝަން ސެޓިފައިޑް ދެ މުބާރާތެއްގައި، މި މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އަންހެނުންގެ 3×3 އެވްރެޖް ވޯލްޑް ރެކޯޑް މުގުރާލައިފަ އެވެ.

އޭނާ އެ ރެކޯޑްތައް ހެދީ ފަސް ފަހަރު ރުބިކްސް ކިއުބް ހައްލުކުރުމަށްފަހު، އެވްރެޖް 4.52 އަދި 4.27 ސިކުންތުގެ ސްޕީޑުގައެވެ. މި އާއެކު އެ ކުއްޖާ ވެގެން ގޮސްފައިވަނީ އެވްރެޖްކޮށް 4.5 ސިކުންތަށްވުރެ އަވަހަށް ކިއުބް ހައްލުކުރި ފުރަތަމަ އަންހެން ސްޕީޑްކިއުބާ އަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު