ޑުރަގް ހުރި 142 ބުލެޓް ދިރުވާލައިގެން ރާއްޖެ އެތެރެކުރި ނޭޕާލް ދެ މީހަކު ހައްޔަރުކޮށްފި

މ
28 ސެޕްޓެމްބަރު 2026 11:591 މިނިޓުގެ ކިޔުން
Aa

ޑުރަގް ހުރި 142 ބުލެޓް ދިރުވާލައިގެން ރާއްޖެ އައި ނޭޕާލް ދެ މީހުން

ޑުރަގް ހުރި 142 ބުލެޓް ދިރުވާލައިގެން ރާއްޖެއަށް އެތެރެކޮށް، އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެ މީހުން ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނިއްކަ ތަމަންގް (47އ) އާއި އީތްރާނީ ގަލެ (40އ) އެވެ. އެ ދެ މީހުންނަކީ ވެސް ނޭޕާލް މީހުންނެވެ.

ފުލުހުން މިއަދު ބުނީ، އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 25 ވަނަ ދުވަހު ކަމަށެވެ. އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ހަށިގަނޑު ތެރެއިން 142 ބުލެޓް ފެނުނުއިރު، އެ ތަކެތީގެ ވަގުތީ ބަރުދަން 1.5 ކިލޯއަށްވުރެ ގިނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު