މި ސިކުންތުގައި ވެސް ދައުލަތާ ހަވާލުވާން އަޅުގަނޑު މިހުރީ ތައްޔާރަށް: ނަޝީދު

މ
3 އޮކްޓޫބަރު 2026 12:401 މިނިޓުގެ ކިޔުން
Aa

އެމްޑީޕީގެ ކޮންގްރެސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕަޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ

މި ވަގުތުވެސް ވެރިކަމާ ހަވާލުވާން އެ މަނިކުފާނު މިހުރީ ތައްޔާރަށް ކަމަށް އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ, މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ގައުމީ މަޖިލިސް މެމްބަރު އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދަށް ހުށަހަޅަފައިވާ އިސްލާހުތަކަށް ބަހުސްކުރައްވަމުން ސައްލެ ވިދާޅުވީ, މިހާރު މި ހިނގާ ޕީއެންސީގެ ސަރުކާރު ގަދަ ނޭއްގާނީ ސަރުކާރުތައް ހިންގަމުންދާ ވަގުތެއްގައި ކޮންމެ ވަގުތެއްގައިވެސް ވެރިކަމާ ހަވާލުވާން ރައްޔިތުން އަންގަފާނެ ކަމަށެވެ.

އެހެންކަމުން އެ ޕާޓީގެ އިދާރީ އޮނިގަނޑު އޮންނާންވާނީ ކޮންމެ ވަގުތެއްގައިވެސް ސަރުކާރާ ހަވާލުވެވޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

”މިހާރު އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތް ސުވާލަކީ، އަޅުގަނޑުމެން ގޮތަކަށް އިންތިޒާމު ވާނީތޯ ފަހުން ދައުލަތް ބަދަލުކުރާނީތޯ؟ ނޫނީ އަޅުގަނޑުމެން އިހަށް މަޑުކޮށްފައި ދައުލަތަށް ބަދަލުގެނެސްފައި ދެން އަޅުގަނޑުމެން ބަދަލުވާނީތޯ؟. ގޮތް ނިންމާނީ ރިޔާސަތުން,“ ސަލީމް ވިދާޅުވި އެވެ.

އެ ވާހަކައަށް ރައްދުދެއްވަމުން ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވީ, މި ސިކުންތުގައިވެސް ދައުލަތާ ހަވާލުވުމަށް އެ މަނިކުފާނު ހުރީ ތައްޔާރަށް ކަމަށެވެ. އެހެން ވިދާޅުވުމުން ހޯލުގައި ތިއްބެވި ބައެއް ބޭފުޅުން އަތްޖެހި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު