ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ސައުސަން ނިޔާވެއްޖެ

މ
3 އޮކްޓޫބަރު 2026 12:08އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ފާތިމަތު ސައުސަން

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު އަދި ގާނޫނީ ވަކީލު ފާތިމަތު ސައުސަން ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުސަން ނިޔާވީ ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެން އުޅުއްވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ބޭސްފަރުވާ ހޯއްދަވަން ދިޔައީ ކޮންކަމަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

ސައުސަންއަކީ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގައި މަސައްކަތްކުރެއްވި މެންބަރެކެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަނަށް ހާއްސަކޮށް އެ ޓްރައިބިއުނަލުގެ މެންބަރުކަމުގެ މަގާމަށް ސައުސަން އައްޔަންކުރެއްވީ 2 އޮކްޓޫބަރު 2024 ގައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު