ނޭޝަނަލް އެކްސްޗޭންޖުގެ ނަމުގައި އާ ކުންފުންޏެއް އުފައްދައިފި، 2 މަސް ތެރޭ އުފެއްދި 3 ވަނަ ކުންފުނި!

މ
1 އޮކްޓޫބަރު 2026 15:421 މިނިޓުގެ ކިޔުން
Aa

ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު

ދިވެހިރާއްޖޭގެ މާލީ ބާޒާރު ފުޅާކޮށް، ދެވަނަ ހިއްސާގެ ބާޒާރެއް ތަރައްގީކުރުމުގެ މަގުސަދުގައި ”ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް“ ގެ ނަމުގައި އާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ. މިއީ ވޭތުވެދިޔަ ގާތްގަނޑަކަށް 2 މަސްދުވަހުގެ ތެރޭގައި މި ސަރުކާރުން އުފެއްދި 3 ވަނަ ކުންފުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ މި ކުންފުންޏަކީ ސަރުކާރުގެ މާލީ ބޭނުންތަކާއި އިސްލާމީ މާލީ ދާއިރާ ފުޅާވަމުންދާތީ، ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ދެވަނަ ހިއްސާގެ ބާޒާރެއް ކުރިއަށް ގެންދިޔުމަށްޓަކައި އުފެއްދެވި ކުންފުންޏެކެވެ.

”ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް“ އުފެއްދެވި މައިގަނޑު މަގުސަދުތަކުގެ ތެރޭގައި:

  • ދިވެހި ސަރުކާރުގެ ފަރާތުން ރާއްޖޭގެ ކެޕިޓަލް މާކެޓް ކުރިއަރުވައި، މާކެޓުގެ އިތުބާރާއި ދެފުށް ފެންނަ މިންވަރު އިތުރުކުރުން.

  • ޒަމާނީ ސެކިއުރިޓީޒް އެކްސްޗޭންޖްތަކާއި ޓްރޭޑިން ފެސިލިޓީތައް ގާއިމުކޮށް ހިންގުން.

  • ދައުލަތުގެ ސެކިއުރިޓީޒްއާއި އިސްލާމީ ޝަރީއާގެ ހަމަތަކަށް ފެތޭ ސުކޫކާއި އެހެނިހެން މާލީ ވަސީލަތްތައް ނެރުމާއި ލިސްޓުކުރާއި މުއާމަލާތުކުރުމުގެ މަގުފަހިކޮށްދިނުން.

  • ސެންޓްރަލް ސެކިއުރިޓީޒް ޑިޕޮސިޓަރީއާއި ކްލިއަރިން އަދި ސެޓްލްމަންޓުގެ ޒަމާނީ ޕޯސްޓް-ޓްރޭޑް ހިދުމަތްތައް ފޯރުކޮށްދިނުން.

  • ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާލީ މުއައްސަސާތަކާ ގުޅިގެން ދިވެހިރާއްޖޭގައި ހަރުދަނާ އަދި ދެމެހެއްޓެނިވި މާލީ ބާޒާރެއް ބިނާކުރުން.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު