އެމްއޭސީއެލްގެ ބޯޑުން އެ ކުންފުނީގެ ސީސީއޯ އާއި މެމްބަރު ސަހަރު ވަކިކޮށްފި

މ
1 އޮކްޓޫބަރު 2026 12:241 މިނިޓުގެ ކިޔުން
Aa

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑުން އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު މުހައްމަދު މިހާދު އަދި ބޯޑުގެ މެމްބަރު ސަހަރު ވަހީދު މިއަދު ވަކިކޮށްފި އެވެ.

އެމްއޭސީއެލްގެ ބޯޑުން މި ދެ ބޭފުޅުން މިއަދުން ފެށިގެން ވަކިކުރި ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ބުނި ނަމަވެސް ވަކިކުރި ސަބަބެއް ނުބުނެ އެވެ.

މިހާދަކީ 2024 ވަނަ އަހަރުން ފެށިގެން އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރެވެ. ސަހަރުއަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އެވެ. އޭނާއަކީ މި ފަހުން ސަރުކާރުން އުފެއްދި އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ ބޯޑު މެންބަރެއް ވެސް މެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު