ފޮޓޯ: މިހާރު

ބޭރުމަގު ތަރައްގީކުރުން: ސުނާމީ ބިނާއާއި އެމްޕީއެލް ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި

މ
1 އޮކްޓޫބަރު 2026 10:26އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ސުނާމީ ބިނާ ސަރަހައްދު

މާލޭގެ ބޮޑުތަކުރުފާނު މަގު ބޮޑުކޮށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ސުނާމީ ބިނާއިން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަމައަށް އޮންނަ ބައި ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އިންފްރާންސްޓްރަކްޗާ މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ އެމްޕީއެލް ކައިރީގައި ޕާކުކޮށްފައިވާ އެއްގަމު އުޅަނދުތަކާއި ސުނާމީ ބިނާ ކައިރީ ފަޅުގައި އަޅާފައިވާ ކަނޑު އުޅަނދުފަހަރު އޮކްޓޫބަރު 3ގެ ރޭގަނޑު 11:00ގެ ކުރިން ނަގަން އަންގައިފަ އެވެ.

އެއަށްފަހު ނުނަގާ ހުންނަ އުޅަނދުތައް ސަރުކާރުގެ އިދާރާތަކުން ނަގައި, ސަރަހައްދު އެއްކޮށް ސާފުކުރާނެ ކަމަށްވެސް އެ އިއުލާނުގައިވެ އެވެ.

އެމްޕީއެލް ސަރަހައްދުން ފެށިގެން ގޮސް ސުނާމީ ބިނާއާ ހަމައަށްވެސް ބޭރު މަގު ހަދާނީ ހަތަރު ލޭނަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވަނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ގޮސް ސުނާމީ ބިނާއާ ހަމައަށް ބޭރުމަގު ހެދުމުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު