އިމާމުންނަށް ހާއްސަ ޑްރެސް ކޯޑެއް ފަރުމާކުރަނީ

މ
14 ސެޕްޓެމްބަރު 2026 10:33އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވަނީ

ރާއްޖޭގެ އިމާމުންނަށް ހާއްސަ ޑްރެސް ކޯޑެއް ތައާރަފުކުރަން ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިއަދު މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ، އާންމުކޮށް އިމާމުކަމުގެ ވަޒީފާގައި އުޅުއްވާ ބޭފުޅުން ނަމާދުކުރާ ގަޑީގައި ތުރުކުރައްވާނެ ޑްރެސް ކޯޑެއް ފަރުމާކުރަން ހުޅުވާލަން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

ތާކިހާ ކޮޅެއްވެސް ހިމެނޭ ގޮތަސް ފަރުމާކުރަން ނިންމާފައިވާ އެ ޑްރެސް ކޯޑް، ރާއްޖޭގެ އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދު ކުރައްވާ ބޭފުޅުންވެސް ތުރުކުރައްވާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު