އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރި ބައްޕަ ހައްޔަރުކުރީ މައްސަލަ ހުށަހެޅިތާ 4 ދުވަސް ފަހުން!

މ
3 ސެޕްޓެމްބަރު 2026 20:041 މިނިޓުގެ ކިޔުން
Aa

ދެކުނުގެ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މީޑިއާތަކަށް ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކުރީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކުރީ އެ ކުއްޖާއަށް ޖިންސީ ގޯނާކުރުމުގެ އިތުރުން ޖިސްމާނީ އަނިޔާ އާއި ނަފުސާނީ އަނިޔާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ހުށަހެޅި ރިޕޯޓަކާ ގުޅިގެން ކަމަށްވެސް ބުންޏެވެ. އެއީ މީގެ ހަތަރު ދުވަސް ކުރި އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު