ގެސްޓްހައުސްއެއްގެ ތެރޭ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

މ
20 އޮގަސްޓު 2026 20:481 މިނިޓުގެ ކިޔުން
Aa

މާލޭގައި ހުންނަ ގެސްޓްހައުސްއެއްގެ ތެރޭ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުން މިރޭ ބުނީ މާފަނުންނުގައި ހުންނަ ގެސްޓްހައުސްއެއްގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓެއް މިއަދު ހަވީރު 5:51 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މަރުވެފައި އޮއްވައި ފެނިފައިވަނީ ހއ. މޮޅަދޫ/ އޯސަނިކްވިލާ، އިބްރާހީމް ނައީމް (45އ) އެވެ.

އެކަމުގެ އިތުރު ތަފުސީލެއް ފުލުހުން ނުދިން ނަމަވެސް ބުނީ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު