ހެރޮއިން ޓްރެފިކް ކުރި 28 އަހަރުގެ ޒުވާނަކު 25 އަހަރަށް ޖަލަށް!

މ
11 އޮގަސްޓު 2026 15:291 މިނިޓުގެ ކިޔުން
Aa

ހެރޮއިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 28 އަހަރުގެ ޒުވާނަކު 25 އަހަރަށް ޖަލަށްލާން ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން މާއުނގޫދޫ ކޯޓުން މިއަދު ހުކުމްކުރީ އެ ރަށު/ ފެހިވިލާގެ، މުހައްމަދު ފާރިގު (28އ) އެވެ.

އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މީގެ ހަ އަހަރުގެ ކުރިން، 24 ނޮވެމްބަރު 2020 ގައެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވީ 6 ޖަނަވަރީ 2021 ގައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު