އެންމެ ލަސްވެގެން އަންނަ މެއި މަހުގެ ތެރޭގައި އީ ވޮލެޓުގެ ހިދުމަތް ތައާރަފު ކުރެވޭނެ: ރައީސް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

އަންނަ މެއި މަހުގެ ތެރޭގައި ރާއްޖެއަށް އީ-ވޮލެޓުގެ ހިދުމަތް ތައާރަފު ކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އީ-ވޮލެޓް ތައާރަފު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ.

”އަޅުގަނޑުމެން އުންމީދު ކުރަނީ އެންމެ ލަސްވެގެން މެއި މަހުގެ ތެރޭގައި އީ-ވޮލެޓްގެ ހިދުމަތް ތައާރަފް ކުރެވޭނެ ކަމަށް،“ ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުން މީގެ ކުރިން ވަނީ ރާއްޖޭގައި އީ ވޮލެޓުގެ ހިދުމަތް ތައާރަފުކޮށް، ޕޭޕަލް ބޭނުން ކުރެވޭ ގޮތް ހެދުމަށް އެމެރިކާ ސަރުކާރާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އީ ވޮލެޓުގެ ހިދުމަތް ތައާރަފުކުރުމާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްއާވެސް ވާހަކަ ދައްކާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު