މުދާ ބަރުކޮށްގެން ފުރަން އުޅުނު ދޯންޏެއް ދިޔަވެ، ޓީ-ޖެޓީއަށް އަޑިއަށް ހިނގައްޖެ

މ
27 ޖޫން 2026 21:391 މިނިޓުގެ ކިޔުން
Aa

މާލޭއިން މުދާ ބަރުކޮށްގެން ފުރަން އުޅުނު ދޯންޏެއް ޓީ-ޖެޓީއަށް އަޑިއަށް ހިނގައްޖެ އެވެ.

އަޑިއަށް ގޮސްފައިވަނީ ”ކުރިމަގު“ ނަމަކަށް ކިޔާ ދޯންޏެވެ.

ފުލުހުން ބުނީ މިރޭ 7:31 އެހާކަންހާއިރު އެ ދޯނި ފެތުނީ މާލެއިން މުދާ ބަރުކޮށްގެން ވ. އަތޮޅަށް ދިއުމަށް ޓީ-ޖެޓީން ނުކުތް ވަގުތު ދިޔަވާން ފެށުމުން، އަނބުރާ ބަނދަރަށް ވަތް ފަހުން ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށާއި ދޯނި ނެގުމަށް އެމްއެންޑީއެފް އާއި އެމްޕީއެލް އަދި ދޯނީގެ ވެރިފަރާތުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު