ކަނޑަށް ވެއްޓުނު ފަސް ކޮންޓެއިނަރުގެ ތެރެއިން ތިން ކޮންޓެއިނަރު ގެއްލިގެން ހޯދަނީ

މ
28 ޖޫން 2026 12:541 މިނިޓުގެ ކިޔުން
Aa

މާލޭގެ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް އެމްޕީއެލްގެ ބާޖަކުން ރޭ ކަނޑަށް ވެއްޓުނު ފަސް ކޮންޓެއިނަރުގެ ތެރެއިން ތިން ކޮންޓެއިނަރު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ ކަނޑަށް ވެއްޓި އޮޔާ ދިޔަ ކޮންޓެއިނަރުތަކުގެ ތެރެއިން ގެއްލުނު ތިން ކޮންޓެއިނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ.

އެ ކޮންޓެއިނަރުތަކެއް އޮޔާދާކަމުގެ މައުލޫމާތު އެ ކުންފުނީގެ ފަރާތުން ލިބުނީ ރޭ 11 ޖެހި ފަހުންނެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި އެ ކޮންޓެއިނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ދޫނިދު އާއި ފޭދޫފިނޮޅާ ދެމެދުންނެވެ. އެހެންވެ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށާއި ފަރުވާތެރިކަމާ އެކު ދަތުރުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު