ސިފައިންގެއަށް 21 އަހަރު ހިދުމަތް ކުރެއްވި ހުސައިން އަބްދުއްރަޙުމާން ނިޔާވެއްޖެ

މ
18 ޖޫން 2026 15:24އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން

ދިވެހި ސިފައިންގެ ހިދުމަތަށް 21 އަހަރު ހިދުމަތް ކުރެއްވި ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަހުމާން (ސނ: 5536) މިއަދުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ

ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަހުމާނަކީ ދިވެހި ސިފައިންގެ ހިދުމަތަށް 21 އަހަރާއި 7 މަހާއި 16 ދުވަހު ހިދުމަތް ކުރައްވައިފަ އެވެ.

ހުސައިން އަބްދުއްރަހުމާން ނިޔާވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވައިފަ އެވެ.

ރައީސްގެ މެސެޖުގައި، މި ހިތާމަވެރި ވަގުތުގައި މަރުހޫމުގެ އާއިލާއަށާއި ގައުމީ ދިފާއީ ބާރުގެ އެންމެހައި ސިފައިންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ދެންނެވި އެވެ. އަދި މާތްالله މަރުހޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި އެ މަނިކުފާނު ވަނީ ދުއާ ކުރައްވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު