ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް، މީހަކަށް އަނިޔާވެގެން ފަރުވާދެނީ

އ
28 މެއި 2026 23:511 މިނިޓުގެ ކިޔުން
Aa

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ ހުޅުމާލެ، ނިރޮޅުމަގު ހަތްތަރި މާޓް ކައިރިން، ތެޔޮބައުޒަރަކާ ސައިކަލެއް ޖެހި އެކްސިޑެންވެފައިވާ ކަމަށް މިރޭ 10:21 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި 30 އަހަރުގެ ދިވެހި ފިރިހެނަކަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ދީފައެއް ނުވެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު