ހަފްތާ ފޮޓޯ

ރައީސް މުއިއްޒު ދޫނުދެއްވަންޏާ، އަޅުގަނޑުމެން ވެސް ދުލެއް ނުދޭނަން: ނަޝީދު

އ
15 މެއި 2026 23:55އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ކުރީގެ ތިން ރައީސުން ކަމަށްވާ ނަޝީދު, ޔާމީން އަދި ސޯލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދާއި ރައީސް ޔާމީން

ރައީސް ޑރ. މުހައްމަދު މުއިއްޒު ދޫނުދެއްވަންޏާ، އިދިކޮޅުން ވެސް ދޫނުދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގައުމު ހަމަމަގަށް އެޅުވުމުގެ ނަމުގައި ރައީސް ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިރޭ ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެކުގައި މަސައްކަތްކުރައްވާނެ ކަންތައްތަކާ މެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި ނޫސްވެރިންގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް އެކުގައި މަސައްކަތްކުރެއްވުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.

ޖަލަށް ލާފައިވާ ނޫސްވެރިން ދޫކޮށްލެއްވުމަށް ރައީސް މުއިއްޒަށް ގޮވާލައްވާ ކަމަށާއި ރައީސް މުއިއްޒު ދޫނުދެއްވާ ނަމަ، އެބޭފުޅުން ވެސް ދޫނުދެއްވާނެ ކަމަށެވެ. އަދި މަގުމަތީގެ ހަރަކާތް ހިންގަން ޖެހޭ ނަމަ، އެކަން ވެސް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ގާނޫނީގޮތުންނާއި ރައްޔިތުންގެ މަޖިލިސް ތެރެއިން ވެސް މަސައްކަތްކުރައްވާނެ ކަމަށާއި ކަންކަން ހައްލުކުރުމަށް އިތުރު މަޖިލިސް މެންބަރުންތަކެއް ވެސް ގުޅޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު