ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް

އ
14 މެއި 2026 16:46އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ފޮޓޯ: މެޓް

ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހަށްދަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މި އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު 18:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ އެލާޓް ނެރެފައިވާ ހިސާބަށް ބޯކޮށް ވާރޭވެހުމާއެކު ކަނޑުތައް ގަދަވާނެ ކަމަށެވެ. ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުންޏެވެ.

މިއާއެކު ރާޅުތަކުގެގެ އުސްމިން ހުންނާނީ 5 ފޫޓާއި 8 ފޫޓާ ދެމެދުގައި ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު