ހައިވޭގައި ހިނގި އެކްސިޑެންޓުގައި ނިޔާވީ އިންޑިއާ ފިރިހެނެއް

އ
14 މެއި 2026 09:59އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ހައިވޭގައި ހިނގި އެކްސިޑެންޓުގައި މަރުވި މީހާގެ ގައިގައި އެއްޗެއް އަޅާފައި

ސިނަމާލެ ބުރިޖު ހައިވޭގައި، ރޭގައި ހިނގި އެކްސިޑެންޓުގައި ނިޔާވެފައިވަނީ އިންޑިއާއަށް ނިސްބަތްވާފިރިހެނެކެވެ. ފުލުހުން ބުނީ އެއީ 50 އަހަރުގެ މީހެއްކަމަށެވެ.

އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 10:12 ހާއިރު ކަމަށާއި އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެން ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު