ފުލުހުންގެ ބަންދުން ފިލި މީހަކު ހޯދައި އަލުން ހައްޔަރުކޮށްފި

އ
8 މެއި 2026 23:061 މިނިޓުގެ ކިޔުން
Aa

ގއ. ވިލިނގިލީގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލުމާއެކު އޭނާ ހޯދައި އަލުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ ވިލިނގިލީގައި ފުލުހުންގެ ބަންދުގައި ހުރި އެ މީހާ ފިލާފައިވަނީ، ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައި ކަމަށެވެ.

އެ މީހާ ފިލުމާ ގުޅިގެން އޭނާ ހޯދައި، އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެއީ ކޮން މައްސަލައަކާ ގުޅިގެން ބަންދަށް ގެންދިޔަ މީހެއް ކަމެއް ފުލުހުން ނުބުނެއެވެ. އަދި އެމީހާގެ ވަނަވަރު ވެސް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު