ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

އ
4 މެއި 2026 17:531 މިނިޓުގެ ކިޔުން
Aa

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

ސްރީލަންކާގެ ކޮލޮންބޯގައި ހުންނަ ރިޔާސީ ސެކްރެޓޭރިއެޓްގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ބަދަލުކުރެވުނު ފަހުމުނާމާތަކުގެ ތެރޭގައި ތައުލީމީ، ސިއްހީ އަދި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ. އެގޮތުން ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ތަމްރީނުކުރުމާއި، ސިއްހީ އަދި ދިފާއީ ދާއިރާގެ ދިރާސީ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށް ވަނީ އެއްބަސްވެފައެވެ.

މީގެ އިތުރުން ޒުވާނުން ތަރައްގީކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމުގެ އިތުރުން ދެ ގައުމުގެ ތާރީހީ ލިޔެކިޔުންތައް އަރުޝީފުކުރުމާއި، ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ރައީސް މުއިއްޒު، ސްރީލަންކާއަށް މި ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު