ރަސްގެތީމުގައި އެކަނި އުޅެމުންދިޔަ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ، އެނގުނީ 2 ދުވަސް ފަހުން!

މ
27 އޭޕްރީލް 2026 09:18އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ރަސްގެތީމު ހެލްތް ސެންޓަރު

ރ. ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ ރަސްގެތީމު/ ސޯސަންގެ، އިބްރާހިމް ޔޫސުފުފުޅު (55އ) އެވެ.

ފުލުހުން މިއަދު ބުނީ، އޭނާ މަރުވެފައި އޮއްވައި ފެނުނީ، އޭނާގެ ހަބަރެއް ނުވެ ދެ ދުވަސް ވެފައިވާކަމަށް އެ އިދާރާއަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެ މީހާ ދިރިއުޅޭ ގެއަށް ރޭ 9:53 އެހައިކަންހާއިރު ވަދެ ބެލި އިރު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު