ފަޅުރަށަކުން ފެނުނު 5 ފޫޓުގެ ކިނބުލެއް ހިފައި، ސިފައިންނާ ހަވާލުކޮށްފި

މ
18 އޭޕްރީލް 2026 14:23އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ޅ.އަތޮޅުގެ ފަޅުރަށަކުން ފެނުނު ކިނބުލެއް ހިފައި، ސިފައިންނާ ހަވާލުކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ، ދިގުމިނުގައި ފަސް ފޫޓް ހުރި އެ ކިނބޫ ހިފީ، ޑިންގީއެއްގައި ޅ. އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅުރަށަކަށް ދިޔަ ބައެއް ކަމަށާއި އެ ކިނބޫ ފެނުމުން އެ މީހުން ކިނބޫ ހިފައި ޅ. ނައިފަރަށް ގެންދިޔަ ކަމަށެވެ.

އަދި އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު 10:51 ހާއިރު ކަމަށްވެސް ބުންޏެވެ.

އެ ކިނބޫ މިހާރު ވަނީ ޅ. މާފިލާފުއްޓަށް ގެންގޮސްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު